ދުނިޔެ

ކޮވިޑް19: ރަޝިޔާއިން 500 ސިންގާ މަގު މައްޗަށް ނެރުނު ކަމަށް ބުނާ ޚަބަރަކީ ދޮގެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ގޭގައި އެކަހެރިވެގެން ތިބުމަށް ރަޝިޔާގެ ރައީސް ވުލަޑަމިއާ ޕުޓީން އެންގި އެންގުމަށް ތަބާވޭތޯ ބެލުމަށް މަގުމައްޗަށް 500 ސިންގާ ނެރެފައިވާ ކަމަށް މީސްމީޑިއާގައާއި އެކި މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރަކީ ދޮގެއް ކަމަށް އިންޑިއާ ޓުޑޭއިން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ އިންޑިއާ ޓުޑޭގެ ''އެންޓި ފޭކް ނިއު ނިއުސް ވޯ ރޫމުން'' ބުނެފައިވަނީ އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށާއި ޚަބަރާއި ގުޅިގެން ދައުރުވާ ފޮޓޯއަކީ ސައުތު އެފްރިކާގެ ޖޮހެނަސްބާގުގައި 2016 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

ބުރޭކިން ނިއުސް އެއް ގޮތުގައި ދައުރުވަމުންދާ އެފޮޓޯއަކީ އެއްވެސް މީޑިއާއަކާ ގުޅުން ހުރި ފޮޓޯއެއް ނޫން ކަމަށާއި އެއީ ބްރޭކިން ނިއުސްގެ ގޮތުގައި ފޮޓޯ ހަދާލެވޭ ވެބްސައިޓަކުން ހަދާފައިވާ ފޮޓޯއެއް ކަމަށް ވެސް އިންޑިއާ ޓުޑޭއިން ބުނެފައިވެއެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި ވައިރަލްވެފައިވާ މިފޮޓޯގެ ތަފްސީލް ދެމުން އިންޑިއާ ޓުޑޭ އިން ބުނީ ، ކޮލަމްބަސްގެ ނަމުން ނަންދެވިފައިވާ އެ ސިންގާ މަގުމަތީގައި އޮންނަ މަންޒަރަކީ 2016 ވަނަ އަހަރު ސައުތު އެފްރިކާގެ ފިލްމް ހަދާ ކުންފުންޏަކުން ހެދި ފިލްމެއްގެ ޝޫޓިންގެ މަންޒަރެއް ކަމަށެވެ.

މުޅި ދުނިޔެ ކުޑަކަކޫ ޖައްސުވާލާފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން ދޮގު ޚަބަރާއި މައުލޫމާތު ފެތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އާންމު ވެފައެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާ ، ޑަބްލިޔުއެޗްއޯއާއި އެކި ގައުމުތަކުގެ ސަރުކާރުން ދަނީ މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި އާންމުން ވެސް އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް އެފަރާތްތަކުން އިރުޝާދު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!