ވިޔަފާރި

މޯލްޑިވިއަންގެ ޓިކެޓް އޮންލައިން ޓްރެވެލް އެޖެންސީތަކުން ނެގޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވިއަންއިން  އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކޮށް، ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ފަށައިފިއެވެ.

Ads by Hajj Corporation

މި މަސައްކަތުގެ ތެރެއިން، ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ބޭނުންކޮށްގެން ޓިކެޓް ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މި އައު އިންތިޒާމުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓްރެވަލް އޭޖެންޓުންނަށް މޯލްޑިވިއަންގެ ޓިކެޓްތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އޮންލައިން ޓްރެވަލް އޭޖެންސީތަކަށްވެސް މޯލްޑިވިއަންގެ ޓިކެޓްތައް ވިއްކުމުގެ މަގު ފަހިވެގެންދާނެކަމަށް އެއަރލައިންއިން މަޢުލޫމާތު ދީފައިވެއެވެ.

މި ބަދަލާއެކު، މޯލްޑިވިއަންގެ ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރުވެ، ދަތުރުވެރިންނަށް ފަސޭހައިން ޓިކެޓް ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާވާނެކަމަށް އުއްމީދުކުރެވެއެވެ.

މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝް އޮފިސަރ އިސްމާއިލް އަމްރަހް ވިދާޅުވީ، "މި އައު ނިޒާމަކީ އަޅުގަނޑުމެންގެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް" ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން އެއަރލައިންސްއިން މިހާރު އިންޑިއާގެ ތިން މަންޒިލަކަށް ހަފްތާއަކު 13 ސީދާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓްކުރަމުން ގެންދެއެވެ. އެގޮތުން, ކޮޗިންއަށް ހަފްތާއަކު 4 ފްލައިޓް, ތިރުވަނަންތަޕުރަމްއަށް ހަފްތާއަކު 5 ފްލައިޓް ބެންގަލޫރުއަށް ހަފްތާއަކު 2 ފްލައިޓް އަޅައެވެ. މި ހުރިހާ ފްލައިޓްތަކެއްވެސް އޮޕަރޭޓްކުރަނީ އޭ320 މަތިންދާބޯޓުގައެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރުގައި ހުންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތިރުވަނަންތަޕުރަމްއަށް ހަފްތާއަކު 2 ފްލައިޓް ޑޭޝް8-300 މަތިންދާބޯޓުގައި އޮޕަރޭޓްކުރެއެވެ.

މޯލްޑިވިއަންއިން މި ރޫޓުތަކުގައި ފުލް-ސަރވިސް ޕްރޮޑަކްޓެއް ފޯރުކޮށްދެއެވެ. އަދި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) މެދުވެރިކޮށް ޓިކެޓް ވިއްކުމާއި، އިންޑިއާގެ ބިލް އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ) ގައި ބައިވެރިވުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޓްރެވަލް އޭޖެންޓުންނަށް މޯލްޑިވިއަންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަންއިން ރާއްޖޭގެ 17 އެއަރޕޯޓަކަށް ދަތުރުކުރަމުން ގެންދެއެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ރިސޯޓުތަކާއި އަދި އާންމު ފަތުރުވެރިކަމުގެ މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް އެއް އައިޓިނަރަރީއެއްގެ ދަށުން ދަތުރު ރޭވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  1. ޅަތިީފ

    ބިދޭސީންނަައް، އަދިވެސް ވަކިއަގެއްތޯ؟