ދުނިޔެ

ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ 75 ސަރަހައްދެއް ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހިމެނޭ ގޮތަށް 75 ސަރަހައްދެއް ލޮކްޑައުން ކޮށްފިއެވެ.

Ads by Sosun Fihaara

ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި މުމްބާއި، ބެންގަލޫރު، ޕޫނާ، ހައިދަރުއާބާދު އަދި ކަލްކަޓާ ހިމެނެއެވެ. މި ސަރަހައްދުތަށް ލޮކްޑައިން ހާލަތަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެންނެވެ.

މި ސަރަހައްދުތަކަކީ މާލީ ފަންނީ ދާއިރާގައި ހިދުމަތްކުރާ އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދާ ސަރަހައްދުތަކަށްވާއިރު، މި މަހުގެ ނިޔަލަށް މި އެންމެންވެސް މަސައްކަތްކުރާނީ އެމީހެއްގެ ގޭގައެވެ.

އިންފޮމޭޝަން ބިއުރޯ އޮފް އިންޑިއާ ބުނާ ގޮތުގައި، ލޮކްޑައުންއަށް ގެންދާ ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ދެމުންދާނެއެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި މިއަދާއި ހަމައަށް ކޮވިޑް-19 އަށް 415 މީހަކު ވަނީ ފައްސިވެފައެވެ. އަދި މިހާތަނަށް މި ބަލީގައި އެގައުމުން ވަނީ ހަތް މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި އެގައުމަށް ޒިޔާރަތް ކުރި 68 އަހަރުގެ އިންޑޮނޭޝިއާ މީހެއްވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!