ދަރިންގެ މުސްތަގްބަލަށް ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭ ޗައިލްޑް އެޑިއުކޭޝަން ޕްލޭން
ދަރިފުޅުގެ މުސްތަގްބަލަށް ޕްލޭންކުރުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދާކުރާ ނުހަނު ބޮޑު، ޒިންމާދާރު މަސްއޫލިއްޔަތެކެވެ. "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ޕްލޭނަކީ އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން ހުށައަޅާ ހައްލެވެ. މިއީ ދަރިންގެ ތައުލީމީ ހަޔާތް ފާގަތިކުރުމަށް ފައިސާ ރައްކާކުރެވޭނެ ޒަމާނީ އަދި އިސްލާމީ ޝަރީއާ ހުއްދަކުރާ ޕްލޭނެކެވެ.
"ޗައިލްޑް އެޑިއުކޭޝަން ތަކާފުލް"އަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ރައްކާކުރުމުގެ އިތުރުން އެހެނިހެން ފައިދާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަކާފުލް ޕްލޭނެކެވެ. އެގޮތުން، އެ ޕްލޭންގެ ޒަރިއްޔާއިން ނިޒާމީ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީއަކަށްވެ، ކިޔެވުމަށް އެއްފަހަރާ ކުރަންޖެހޭ ބޮޑު ހަރަދުގެ ޕްރެޝަރަށް ލުއި ފޯރުކޮށްދެ އެވެ. މީގެ އިތުރުން، ސޭވިން ފަންޑުގައި ރައްކާކުރާ ފައިސާ އިތުރުކުރުމަށް އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލްތަކާ އެއްގޮތަށް އިންވެސްޓްކުރުމުގެ ފުރުސަތުވެސް ފަހިކޮށްދެވިފައިވެ އެވެ.
މީގެ އިތުރުން މި ޕްލޭންގައި ހިމެނޭ "ޕްރޮޓެކްޝަން" އެލިމެންޓަކީ ފާހަގަކޮށްލުން މުހިންމު ބައެކެވެ. "ޕްރޮޓެކްޝަން" އެލެމެންޓާއެކު މިޕްލޭން ނަގައިފާވަނިކޮށް ދުނިޔެ ދޫކޮށްފިނަމަ، ދަރިފުޅަށް ނަގައިފައިވާ ތަޢުލީމީ ފަންޑު ހުއްޓުމެއްނެތި ރައްކާތެރިކަމާއެކު ކުރިޔަށް ދާނެކަން ޔަގީންވެ އެވެ. އެއީ ކޮންޓްރިބިއުޝަންގެ ގޮތުގައި އެމީހަކު ދައްކަންޖެހޭ ފައިސާ، މިހާލަތުގައި އެމީހެއްގެ ބަދަލުގައި ކޮންމެ މަހަކުވެސް ތަކާފުލް ފަންޑުން ދައްކާ ހަލާސްކުރާ ގޮތަށް ހަމަޖެހިފައިވާތީ އެވެ.
50 ޕަސެންޓް ޑިސްކައުންޓާ އެކު އާލީ ބާޑް ޕްރޮމޯޝަނެއް: މިހާރު ކުރިޔަށްދަނީ
ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ކުރިއަށް އެބަދެ އެވެ. އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ކުރިން ސެޓްފިކެޓް ނަންގަވާ ފުރަތަމަ 50 ބައިވެރިންނަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަނުން 50 ޕަސެންޓް ގެ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ. މިއީ މަދުން ނޫނީ ނުލިބޭ ކަހަލަ ފުރުސަތެކެވެ.
އެހެންކަމުން މިހާރު ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނެއް ނަގައިގެން، ދަރިފުޅުގެ މުސްތަގްބަލަށް ބުއްދިވެރިކަމާއެކު ޕްލޭންކޮށް، އެ ޕްރޮސެސްގައި ފައިސާ ވެސް ރައްކާ ކުރެވޭނެ އެވެ.
އިތުރު ތަފްސީލު ހޯދމަށް ޗައިލްޑް އެޑިއުކޭޝަން ތަކާފުލްގެ ވެބް ޕޭޖް އިން ލިބޭނެ އެވެ.