ޚަބަރު

އިޒްރޭލު ޕާސްޕޯޓް ބިލް ކޮމިޓީގައި އެޖެންޑާ ނުކުރާ ސަބަބު ބުނެދޭން އެދިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް ދިރާސާކުރުމުގެ މަސައްކަތް ނުފަށާތީ ސިޓީއެއް ފޮނުވައިފި އެވެ.

Ads by Sosun Fihaara

އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ފޮނުވިތާ 59 އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު ކޮމިޓީގައި ބިލުގެ މަސައްކަތެއް އަދި އެޖެންޑާއެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި، ބިލު ހުށަހެޅުއްވި މެމްބަރު މީކާއީލް ފޮނުވި ސިޓީގައި އެދިފައިވަނީ ބިލުގެ މަސައްކަތް ކުރުމަށް ކޮމިޓީގައި އެޖެންޑާ ނުކުރާ ސަބަބު ބުނެދިނުމަށެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ އިޒުރޭލު ޕާސްޕޯޓު އޮތް މީހުންގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު އޮތަސް އިޒުރޭލު ޕާސްޕޯޓު އޮންނަ މީހުނަށް ރާއްޖެ އެތެރެވުން މަނާ ކަމަށް ބަޔާންކޮށް ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ.

އެ ބިލު ހުށަހަޅުއްވާފައިވަނިކޮށް ސަރުކާރުގެ ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފާސްކޮށްފަ އެވެ. އޭގެ ބިލެއް މަޖިލީހަށް ހުށަހެޅުމުން ސަރުކާރުންނާއި ޕީއެންސީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.

ނަމަވެސް އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމުލަ މަނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ވެސް ކުރަން ޖެހޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!