ޚަބަރު

ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ރަނގަޅުކޮށް ޓެގުތައް ދޫކުރަން ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ވިނަރެސް ޓަވަރުތައް

ވިނަރެސް ފްލެޓްގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް މަރާމާތުކޮށް ނިމި، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޓެގު ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

އެ ފްލެޓްތައް ބަލަހައްޓަމުންދާ އެޗްޑީސީ ކުންފުނިން ބުނީ އެ ސިސްޓެމް މަރާމާތުކޮށް ނިމިފައިވާތީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ސިސްޓަމް ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ފްލެޓްތަކުގެ އެކްސެސް ޓެގުތައް ދޫކުރުން ވިނަރެސް 10 ގެ މެނޭޖުމަންޓް އޮފީހުން ލިބެން ހުންނާނެ ކަން، ކުންފުނިން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ. އާދީއްތަ ދުވަހުގެ ކުރިން ޓެގު ނެގުމަށް އެ ކުންފުނިން އެދެ އެވެ.

ވިނަރެސްގެ ކޮންޓްރޯލް އެކްސެސް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގާއިމުކޮށްފައިވާ ހިދުމަތެކެވެ.

އެ ތަކެއްޗަށް ގެއްލުންދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!