ޚަބަރު އިޖުތިމާޢީ

ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށް، ވެރިފަރާތަށް އޭގައި ހުރި ފައިސާ ހޯދައިދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ބިދޭސީއެއްގެ ވޮލެޓް ދަމައިގަތް ދެ މީހަކު ހައްޔަރުކޮށް، ވެރިފަރާތަށް އޭގައި ހުރި ފައިސާ ހޯދައިދީފި އެެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 09:40 ހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، ސޯސަން މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީއެއްގެ ވޮލެޓް ފޭރިގެން ދިޔަކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ސައިކަލުގެ ފަހަތުން ގޮސް، ކަސްތޫރި މަގުން ސައިކަލް ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ސައިކަލުގެ ފަހަތުގައި އިން މީހާ އެ ސަރަހައްދުގެ ގެޔަކަށް ވަން ކަމުގެ މައުލޫމާތު ލިބުމުން އެ މީހާ ވެސް ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހުރި ތަން ބަލައި ފާސްކުރިއިރު ބިދޭސީ މީހާ އަތުން ފޭރުނު ވޮލެޓް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އެ ވޮލެޓުގައި ހުރި އެމެރިކާ ޑޮލަރާއި އޮސްޓްރޭލިއާ ޑޮލަރުގެ އިތުރުން ދިވެހި ފައިސާ ފެނިފައިވާ ކަމުގަ އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ،

  • ސ. މަރަދޫ، ސަލްޓަންވިލާ، މުހައްމަދު ރިމާހު (31އ)
  • ސ. މަރަދޫ، ސަލްޓަންވިލާ، އިބްރާހިމް ޝުޖާއު (39އ)

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ސައިކަލުގެ ފަހަތުގައި އިން މީހާގެ އަތުން ފެނުނު ތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!