އޮޅުވެލި ރިސޯޓުން މަރުވި މީހާއާ ކޮވިޑް-19އާ ގުޅުމެއް ނެތް: ފުލުހުން
އޮޅުވެލި ރިސޯޓްގައި މިއަދު ބިދޭސީ މުވައްޒަފުކު މަރުވީ ކޮވިޑް-19ގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ އޭނާއާ ކޮވިޑް-19 އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭނާގެ މެޑިކަލް ހިސްޓްރީއެއް އޮތް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ވެސް ނެތް ކަމަށާއި ބެލެވެނީ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ.
އެހެންނަމަވެސް އާންމު އުސޫލާ އެއްގޮތުގެ މަތިން ކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު މަރުވެފައި އޮތްވާ ފެނުނީ 53 އަހަރުގެ ސްރީލަންކާ ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ރިސޯޓްގެ ޕޭސްޓްރީ ޝެފެވެ.
Ads by Allied Insurance