ޚަބަރު

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ޣައްސާން ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ޣައްސާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓުތަކާއި އެއާޕޯޓުގައި މަސައްކަތް ކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ. އަދި އެ ފުރާނަތައް ރިސްކު ކުރުން ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރަންވީ. ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތް ބޭކާރު ވިޔަނުދެމާ." ޣައްސާން ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އަވަށްޓެރި އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގައިވެސް ބޯޑަރުތައް ބަންދު ކޮށްފައެވެ.

ރާއްޖެއަށް ދަތުރު ކުރާ ވަރަށް ގިނަ އެއާލައިންތައް ހުއްޓާލާފައިވާއިރު މިއަދު ރާއްޖެއަށް ޒިޔާރަތް ކުރީ 200 އެއްހާ މީހުންނެވެ. އާންމު ހާލަތުގައި މިދުވަސްކޮޅު ދުވާލަކު 5000 އަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!