ޚަބަރު

ދަށު ކޯޓުތަކުން ޖޭއެސްސީގެ މެންބަރަކަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު އިންތިހާބުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރަކަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިހާބުކޮށްފި އެވެ.

Ads by STELCO

ފަސް ފަނޑިޔާރުން ވާދަކުރެއްވި އެ އިންތިހާބުގައި ފަރުހާދަށް 91 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ. ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދަށް ވޯޓެއް ލިބުނު އިރު ދެން ވާދަކުރެއްވި ފަނޑިޔާރުންނަށް ވޯޓެއް ވެސް ނުލިބެ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބުނުއިރު ވޯޓުލާފައި ވަނީ 163 ފަނޑިޔާރުންނެވެ.

އިންތިހާބު ކާމިޔާބުކުރެއްވި ފަރުހާދުއާ ގުޅޭ ސުލޫކީ މައްސަލައެއް މިދިޔަ އަހަރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް އެ މައްސަލައަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާތީ އެ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!