ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނުގައި ގޮވި އެއްޗެއްސަށް ސަރުކާރުން މާފަށް އެދެން އެމްޑީޕީން ގޮވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ދެން

މިދިޔަ ރިޔާސީ ދައުރުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނުގައި ދެއްކި ވާހަކަތަކަށް ޕީއެންސީއާއި ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

Ads by STELCO

އެމްޑީޕީން މިހެން ބުނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު އެ ޕާޓީން ނެރުނު ނޫސް ބަޔާނުގަ އެވެ.

"އިންޑިއާ އައުޓް ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވެސް އިންޑިއާއާ ގުޅުން ރަނގަޅު ކުރަމުންދާ އިރު ހާރިޖީ ސިޔާސަތު އެ ގޮތުގައި ދާއިމީކޮށް ބޭއްވުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!