Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މެއި،ޖޫންގެ ކޭމްބްރިޖް އިމްތިހާންތައް އެއްވެސް ގައުމެއްގައި ނުބޭއްވުމަށް ނިންމައިފި

ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި ނުވަތަ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާންތައް އެއްވެސް ގައުމެއްގައި ނުބޭއްވުމަށް ކޭމްބުރިޖުން ނިންމައިފިއެވެ.

ކޭމްބްރިޖުން އިއްޔެ ބުނީ ކޮވިޑް-19އާ ގުޅިގެން ގިނަ ގައުމުތަކެއް ސްކޫލްތައް ވަނީ މެއި އަދި ޖޫން މަހާ ހަމައަށް ބަންދު ކޮށްފައި ކަމަށާއި އެހެން ކަމުން އެ ސްކޫލްތަކުގައި އިމްތިހާންތައް ބޭއްވުމަކީ ނާދިރުކަމެއް ކަމަށެވެ.

"އަހަރެމެން މި އަންނަނީ ދުނިޔޭގެ ސްކޫލް ކޮމިއުނިޓީގައި ވާ ކަންތައްތައް ވަރަށް ގާތުން ބަލަމުން. އަހަރެމެން އެންމެ އިސްކަމެއް ދެނީ ދަރިވަރުންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ގޮތެއްގައި ތައުލީމް ފޯރުކޮށްދިނުމަށް މިދަނީ ގަދައަޅާ މަސައްކަތް ކުރަމުން."

Advertisement
Ooredoo — Truecaller (box)

ކޭމްބްރިޖުން ބުނީ މި އުނދަގޫ ދަނޑިވަޅުގައި އެ އިދާރާއިން ނިންމީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މެއި، ޖޫންގެ އެއްވެސް އިމްތިހާނެއް ނުބޭއްވުމަށް ކަމަށެވެ. މީގެ ތެރޭގައި ކޭމްބްރިޒް އައިޖީސީއެސްއީ، ކޭމްބްރިޖް އޯ ލެވެލް، ކޭމްބްރިޖް އޭއެސް އަދި އޭ ލެވެލް، ކޭމްބްރިޒް އޭއައިސީއީ ޑިޕްލޮމާ އަދި ކޭމްބްރިޒް ޕްރޮ-ޔޫ ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.


މީގެ އިތުރުން ކޭމްބްރިޖުން ބުނީ މި ނިންމުމުގެ ސަބަބުން އެއްވެސް ދަރިވަރަކަަށް ގެއްލުމާ ކުރިމަތިލާން ނުޖެހޭނެކަން އެ އިދާރާއިން ޔަގީން ކުރާނެ ކަމަށެވެ.

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން މެއި،ޖޫން ގައި އިމްތިހާން ނުބޭއްވުމަށް ނިންމަންދެން އިމްތިހާނުތައް ފަސްކުރުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް