މުނިފޫހިފިލުވުން

ކޯވިޑް 19: އާރތީ،އުފަންދުވަސް ފާހަގަކުރަން ރާއްޖެ އަންނަ ރާވާފައި ލަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކަލަރސް ޓީވީއިން ގެނެސްދިން ބިގްބޮސްގެ 13 ވަނަ ސީޒަންގައި ބައިވެރިވެ ބެލުންތެރިންގެ ލޯތްބާއި މަގްބޫލުކަން ހޯދި އާރތީ ސިންގް އޭނާގެ އުފަންދުވަހާއި ދިމާކޮށް ޗުއްޓީ ހޭދަކުރަން ދިވެހި ރާއްޖެ އަންނަން ރޭވުމަށްފަހު، ކޯވިޑް 19 ހަލުވިކަމާއިއެކު ފެތުރޭތީ ދަތުރު ލަސްކޮށްފިއެވެ.

Ads by STELCO

އާރތީ އޭނާގެ އުފަންދުވަސް ފާހަގަކުރަން ދިވެހި ރާއްޖެއަށް އަންނަން އުޅުނީ އޭނާގެ މަންމަ ވެސް ގޮވައިންނެވެ. އާރތީ ބުނީ އޭނާ ބޭނުންވީ މަންމަ ރާއްޖެ ގެންގޮސް ސަޕްރައިޒެއް ދޭން ކަމަށެވެ.

އާރތީގެ އުފަން ދުވަހަކީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހެވެ. އާރތީ ވަނީ ބިގްބޮސް ތޭރައިގެ 4 ވަނަ އަށް ހޮވިފައެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސް ހަލުވިކަމާއިއެކު ފެތުރެމުންދާތީ އިއްޔެ އިންޑިއާއިން ވަނީ އެއްދުވަހަށް މުޅި ގައުމު ބަންދުކޮށް މީހުންނަށް ބޭރަށް ނިކުތުން މަނާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!