ދުނިޔެ

ކޯވިޑް19: އިޓަލީގައި 95 އަހަރުގެ މީހަކު ބަލިން ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޗަައިނާގެ ވުހާން ސިޓީއިން ފެނި މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޯވިޑް 19 މިހާތަނަށް ވަނީ 3 ލައްކައަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. ޗައިނާގައި ކޮރޯނާ ވައިރަހުގެ ކޭސްތައް ފެންނަ މިންވަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އިޓަލީގައި ކޯވިޑް 19 ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހަކަށަވުރެ ދުވަހެއް އިތުރުވަމުންނެވެ.

Ads by Sosun Fihaara

ކޮވިޑް19ގެ ޝިކާރައަކަަށްވި އިޓަލީގެ އިސް ރައްވެއްސެއް ބަލިން ސަލާމަތްވުމާއެކު މިކަން ވެފައި މިވަނީ މީޑިއާތަކުގެ ސުރުހީން ޖާގަ ހޯދާފައެެވެ،

އުމުރުން 95 އަހަރުގެ އަލްމާ ކްލާރާ ކޯސިނީ އެބަލިން ރަނގަޅުވީ، ހަށިގަނޑަށް އެންޓިވައިރަލް ޓްރީޓްމެންޓެއް ވެސް ދޭން ނުޖެހިއެވެ.

އަލްމާ ބަލިން ރަނގަޅުވެ ގެޔަށް ދޫކޮށްލާފައިވާއިރު އޭނާ ވަނީ ޑޮކްޓަރުންނާއި ނަރުހުންނަަށް ތައުރީފް ކޮށްފައެވެ.އަލްމާ ބުނީ އޭނާއަށް ފަރުވާކުރި މީހުންނަކީ ވަރަށް ހިތްހެޔޮ ބައެއް ކަމަށާއި ރަނގަޅުވީ އެމީހުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ކޯވިޑް 19 ޖެހޭ ޒުވާނުން ފަސޭހައިން މިބަލިން ރަނގަޅުވާއިރު ސީރިއަސް ހާލަކަށް ދަނީ އުމުރުން ދުވަސްވީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މުސްކުޅިންނެވެ. އިޓަލީގައި މިހާތަނަށް ކޯވިޑް 19 އަށް ވަނީ 59000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.

މިހާތަަނަށް ތަފާސް ހިސާބުތައް ދައްކާގޮތުގައި ކޯވިޑް 19 ޖެހިގެން މިހާރު އިޓަލީން ވަނީ ޗައިނާއަށްވުރެ ގިނަ މީހުން މަރުވެފައެވެ. މިމަހުގެ 9 އަކުން ފެށިގެން މުޅި އިޓަލީ އޮތީ ލޮކްޑައުންގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!