ދުނިޔެ

ކޮވިޑް19: ދެރަވެ އަސަރުކުރޭ، މިއީ އަދި ސިއްޙީ ޚިދުމަތުގެ ކުޑަކުޑަ ނިޝާނެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. ސްކޫލުތައް ބަންދުކުރަނީއެވެ. އޮފީސްތަކާއި އާންމު ކޮށް މީހުން އެއްވެ އުޅެ ތަންތަނުން މީހުން ހުސްވެއްޖެއެވެ. އާންމު ދަތުރުތައް ހުއްޓާލައި މަގުތައް ވަނީ ހުސްވެފައެވެ. އެއާޕޯޓުތައް ވެސް ހަަމަ އެފަދައެވެ. އިގްތިސާދީ އަޑިގަނޑަކަށް މުޅި ގައުމު ވެއްޓިފައިވާއިރު މުޅި ގައުމު އޮތީ ކަރަންޓީނު ކޮށްފައެވެ. މިއީ ކޮރޯނާ ވައިރަހުގެ ނުރައްކާ ދެވަނަ އަށް އެންމެ ބޮޑުވި އިޓަލީގެ ވާހަކައެވެ.

Ads by WAMCO

އިޓަލީގައި 64000 ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި ހަ ހާހަށް ގިނަ މީހުން މަރުވެއްޖެއެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި އެންމެ ބުރަކޮށް އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޮވިޑް19ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅުނު އިޓަލީ ނަރުހަކު ވަނީ އޭނާޑިއުޓީއަށްފަހު ނަގާފައިހުރި ފޮޓޯތަކެއް ޓްވިޓަރގައި ހިއްސާކޮށްލާފައެވެ.

އެއާއެކު ގިނަ ބަޔަކަށްވަނީ އެ ފޮޓޯތައް ފެނި ހިތް ފަޅައިގެންދާ ފަދަ އަސަރުތަކެއް ކޮށްފައެވެ. މުޅި މޫނުމަތިން މާސްކު އެޅި ނިޝާންތައް ފެންނަން ހުރިއިރު މުޅީ މޫނުން ފެންނަނީ ވަރުބަލިކަމެވެ. ނިދި ހަމަނުވާކަން ދެލޮލުންނާއި ލޯކައިރިވި ކަޅުކަމުން ވެސް ހާމަވެގެންދެއެވެ.

ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ނަރުހުން ވާ ގުރުބާނީ އަށް ޝުކުރު ހައްގެވެ. އަދި އަމިއްލަ އާއިލާ އާއި ދުރުގައި އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށޮހޮޅިގެން ކުރާ މަސައްކަތް އަގު އަދާ ނުކުރެވޭނެކަމީ ހަގީގަތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!