ކުޅިވަރު

ޓީޓީގެ އިންތިހާބު ހުއްޓުވުމުގެ އަމުރެއް ކޯޓުން ނުދިން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިހާބާއި ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހާއި ސްޕޯރޓްސް ކޮމިޝަނަރު މެދުވެރިވެެގެން ޓީީޓީގެ އިންތިހާބު އިންސާފުވެރިކަމާއެކު ހިނގާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ މިހާރުވެސް ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް (ތާޅަފިލި އަލިބެ)  އެ އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ.  އެ މައްސަލައިގައި މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެގޮތަށް އަމުރު ނެރެ ނުދޭން ނިންމިކަން ހާމަ ކުރައްވާފައެވެ. އަދި ކުޅިވަރުގެ މުސްތަގުބަލު އުޖާލާ ކަމަށާއި ކޯޓުން އަމުރު ނެރެނުދިނުމުން ޓީޓީގެ ދުނިޔޭގެ ޖަމިއްޔާއިން  އަސާސީ ގަވައިދާއި އޮލިމްޕިކް ޗާޓަރާއި އަދި އައިއޭއެސްއޯއެފްގެ ސްޓެޓަސް ނެގެހެއްޓިފައިވާ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެެއެވެ.

ޓީޓީގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅިގެން ދިވެހިރާއްޖެ ސަސްޕެންޑު ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއްް އިންޓާރނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވެސް ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!