އޭޓީއާރު600-42 ގެ އާ ތިން މަތިންދާބޯޓު މޯލްޑިވިއަނަށް ހޯދަނީ
- އޭޓީއާރުގެ ތިން މަތިންދާބޯޓެއް ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަަަސް އިން މިއަދު އިއުލާން ކޮށްފި އެވެ.
އައިލެންޑުން އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނާ ގޮތުން، އެ ހިދުމަތުން ހޯދަނީ އޭޓީއާރު 600-42 ގެ އާ ތިން މަތިންދާބޯޓެކެވެ.
އެ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އާރުއެފްޕީގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއް ގޮތްވާ ގޮތުގެ މަތިން، ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު އަރުވާ ކަމަށް އެ އިއުލާނުގައިވެ އެެވެ.
އާރުއެފްޕީ ނުވަތަ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިލެންޑް އޭވިއޭޝަނަށް ލިޔުމުން ހިއްސާކުރުމަށް އެދެމެވެ:
25 އޮގަސްޓް 2024، ގެ ރާއްޖެ ގަޑިން މެންދުރުފަހު 14:00 ގެ ކުރިން ފޮނުވަން އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
އެ މަތިންދާބޯޓަކީ ގާތްގަނޑަކަށް 30-50 މީހުންގެ ޖާގަ ހުންނަ މަތިންދާބޯޓުތަކެކެވެ.
Ads by Allied Insurance