ކުޅިވަރު

އޭލެވެލްގެ އިމްތިހާނު އޮކްޓޯބަރު، ނޮވެމްބަރަށް ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން އޮތް އޭލެވެލް އިމްތިހާނު މި އަހަރު އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލެ އާއި އަތޮޅުތަކުގެ ތެރެއިން 37 ސްކޫލް ސެންޓަރުން ބައިވެރިވާ ދަރިވަރުންނެވެ.

މިއަހަރުގެ ހޫނުމޫސުމުގައި(މޭ/ޖޫން)ގައި އިނގިރޭސިވިލާތުގައި ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެެ. އެގޮތުން އެޑެކްސެލް އާއި ކޭމްބުރިޖްގެ އިމްތިހާނުތައް މިއަހަރު ނުބާއްވަން ނިންމައި އެ އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!