ޚަބަރު

ގައުމީ ހެލްޕް ލައިނެއް ގާއިމްކުރަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ގައުމީ ހެލްޕް ލައިނެއް ގާއިމްކުރަނީ/ ފޮޓޯ: ހޯމް ލޭންޑް މިނިސްޓްރީ

ކުއްލި ހާލަތްތަކުގައި އާންމުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމްކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާކޮށްފި އެވެ.

Ads by STELCO

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ އެ މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތް ކަމަށެވެ.

އިމަޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ ހެލްތް މިނިސްޓްރީންނެވެ.

އެ ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!