ކުޅިވަރު

ކޮވިޑް19: ވައިރަސް 17 ދުވަހާ ހަމައަށް މަރުނުވެ ހުރެދާނެކަމަށް ހާމަކޮށްފި

ކޮވިޑް19 ވައިރަހުގެ އަސަރު 17 ދުވަހާއި ހަމައަށް ވެސް މަރުނުވެ ހުންނަ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައިންޓިސްޓުން މިކަން ހާމަކޮށްފައިވަނީ ވައިރަސް ފެނުނު ކްރޫޒް ލައިނާއެއް ކަމަށް ވާ ޑައިމަންޑް ޕްރިންސެސް އިން ކުރި ތަހުލީލުތަކެއްގެ މައްޗަށް ބިނާކޮށެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ކްރޫޒް ލައިނާގައި ތިބި މީހުންގެ 14 ދުވަހުގެ ކަރަންޓީން ނިމުމަށްފަހު 17 ދުވަސް ފަހުން ސައިންޓިސްޓުން ކުރި ތަހުލީލު ތަކުގައި ބޯޓުގެ އެކި ދިމަ ދިމާއިން ވައިރަހުގެ އަސަރުފެނިފައިވެއެވެ.

ކްރޫޒް ލައިނާއިން ފެނުނު ވައިރަހުގެ އަސަރުން ބަލި ޖެހިދާނެކަން އަދި ސައިންޓިސްޓުންނަށް ކަށަވަރުވެފައެއް ނުވެއެވެ. މިކަން އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ. މިކަން ކަށަވަރުު ވެއްޖެނަމަ މިއީ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެގެންދާނެކަމެއް ކަމުގެ އިންޒާރެއްގެ ގޮތުގައިވެސް ސައިންޓިސްޓުން ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ސައިންޓިސްޓުން ބުނެފައިވަނީ ވައިރަހުގެ އަސަރު އެންްމެ ގިނަވެގެން ވެސް ހުންނަނީ ތިން ދުވަސް ކަމުގައެެވެ.

ޑައިމަންޑް ޕްރިންސެސް އިން ދަތުރުކުރި 700 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހުނެވެ. މީގެ ތެރެއިން ގިނަ މީހުނަށް ބަލި ޖެހިފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނިކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. 2 ހަފްތާ ގެ މުއްދަތަކަށް ކްރޫޒް ލައިނާގައި ތިބި މީހުން ކަރަންޓީނުކުރުމަށް ފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

ޗައިނާ ގެ ވުހާން އިން ފެނުނު ބަލިމަޑުކަން މިހާތަނަށް ހަތަރު ލައްކަ އާއި ގާތް ކުރާ އަދަދަކަށް މީހުނަށް ޖެހިފައިވާއިރު ވައިރަހުގެ ސަބަބުން 14 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޗައިނާގައި ވައިރަސް ކޮންޓްރޯލް ވިނަމަވެސް ނަމަވެސް ޔޫރަޕުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެނިހެން ހިސާބުތަކުގައި ވައިރަސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!