ޚަބަރު

ބުޅާ މަހުން ކާ އެއްޗެހި ހެދި މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބުޅާ މަރައި އޭގެ މަސް ކެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު

މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) އިމިގްރޭޝަނާ އިއްޔެ ހަވާލުކޮށްފި އެވެ.

Ads by STELCO

އިމިގްރޭޝަނާ ހަވާލުކުރި ނަމަވެސް ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

އަރަފާތު ހޯދަން އިއުލާނުކޮށްފައިވަނިކޮށް އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު 10:36 ހާއިރު ސެލޫނެއްގެ ތެރެއިންނެވެ.

އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާގެ އާގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. އޭނާ ކައްކަމުން ދިޔައީ އެތަނުގެ ތެރޭގަ އެވެ.

މި މައްސަލަ ފެންމަތިކުރީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުންނެވެ. އެ ތުހުމަތު އަރަފާތަށް ކޮށްފައި ވަނީ އޭނާ ވޯކް ޕާމިޓްގެ ފޮޓޮއަކާ އެކު އެ ޖަމިއްޔާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގަ އެވެ. ބުނީ އޭނާއަކީ "ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް،" ކަމަށެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށެވެ. އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

Ads by HDC
  1. ޫހަސަންތަކުރުބޭ

    ތުހުމަތު ކިޔައިފިނަމަ ތިޔަކަން އޮއްބާލާނެ! ބައެއްމީހުން ހައްޔަރުކުރާއިރު އެބަކުރާ ރާބޮއެގެން މަސްތުވެ އޮރިޔާމުން ތިއްބަވެސް. ދެން މިކިޔަނީ ރާކަމަށް ތުހުމަތުކުރެވޭ ބީފީޓަރ ޖިން ނަމަކަށް ކިޔާ ފުޅިއެއް ކަމަށް، އަނެއްދުވަހު ހަމައެވައިން ދޮރާޝިން އޭނަ ނެެރެލާނެ، އެހިސާބު ނޫހުގައި ޝާއިއުކޮށްލާނެ ސާބިތު ހެއްކެއްނެތޭ. ޢެއްވެސް ސާބިތުހިފޭ ހެއްކެތް ނެތި މީހަކު ބަންދުގައި ނުބެހެއްޓޭނެ ޔޯ: އެދޫކޮށްލީ! މިއީ މިހާރު އާކަމެއްބާ