ޚަބަރު

ބުޅާ މަހުގެ ކާނާ ވިއްކާ ފިހާރަތަކުގެ ލިސްޓަކީ ފޭކެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން/ ފޮޓޯ: އިމިގްރޭޝަން

ބުޅާ މަސް އަޅައިފައި ހުރި ކާނާ ވިއްކާ ފިހާރަތަކުގެ ލިސްޓް ކަމަށް ބުނެ ދައުރުވަމުންދަނީ ފޭކް ލިސްޓެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެެ.

Ads by STELCO

އެކަމާ ގުޅިގެން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ އެއީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

"އެ ލިސްޓަކީ ފޮޓޯޝޮޕް ކޮށްފައިވާ ލިސްޓެއް"

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ފޭސްބުކްއާއި 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އެޑިޓެއް ކޮށް, އިމިގްރޭޝަން ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް" ކަމަށެވެ.

20 ފިހާރައެއްގެ ނަން ހިމަނާ ލިސްޓް ކޮށްފައިވާ އެ ފޮޓޯގައި ބުނެފައި ވަނީ އެއީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ކާތަކެތި ވިއްކާ ފިހާރަތައް ކަމަށެވެ. އަދި އެ ފިހާރަތަކުން ކެވިފައިވާ ނަމަ ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރު ލަފާ މަތިން ކުރިއަށް ގެންދިއުމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު 10:36 ހާއިރު ސެލޫނެއްގެ ތެރެއިންނެވެ.

އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާގެއާގޭގައި ހުންނަ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. އޭނާ ކައްކަމުން ދިޔައީ އެތަނުގެ ތެރޭގައެވެ.

އެ ޕޯސްޓް ދައުރުކުރަމުންދަނީ އެ މީހާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށް ވެސް އެ ސަރަހައްދުގެ މީހުން ބުނެފައިވަނިކޮށެވެ.

މި މައްސަލަ ފެންމަތިކުރީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯއަކުންނެވެ. އެ ތުހުމަތު އަރަފާތަށް ކޮށްފައި ވަނީ އޭނާ ވޯކް ޕާމިޓްގެ ފޮޓޯއަކާ އެކު އެ ޖަމިއްޔާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައެވެ. ބުނީ އޭނާއަކީ "ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް،" ކަމަށެވެ.

Ads by Allied Insurance
  1. ކަމަނަ

    ދެންކޮބާތަ ސައްހަ ލިސްޓަކީ އެޔެއްވެސް އެނގެންޖެހޭނެ ދޯ