ޖަލު 5 އޮފިސަރަކަށް ދައުވާކޮށްފި، 2 އޮފިސަރަކަށް މަނީލޯންޑަރިންގެ ދައުވާ
މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގު އެތެރެކުރުމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސާވީސްގެ 5 އޮފިސަރަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މީހުން ހައްޔަރުކުރީ އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހިންގި ތަހުގީގު ތެރެއިންނެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.
ދައުވާކުރާ 5 މީހުންނަކީ:
- ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް އަބްދުއްރަހީމް
- ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް
- ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް
- ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ
- ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގް
ޕީޖީ އޮފީހުން މި މީހުންނަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ ދައުވާގެ އިތުރުން ޖިނާހު އާއި ހިޝާމް އަށް މަނީލޯންޑަކުރި ކަމުގެ ދައުވާ އުފުލާފައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޖަލަށް ޑްރަގާއި ފޯން ވައްދާ އެންމެ 5 އޮފިސަރުން ނޫން ތިބޭނީ އޭގެ 10 ގުނަ ތިބޭނެއޭ މަމެން ދަންނަމޭ ޖަކު އޮފިސަރުން ކަންކަން ވަރަށް ރަނގަޅަށް ދެން އަނެއް ކޮޅުން ފުލުހުން ވެސް ހަމަ އެގޮތޭ އެމެން ކުށެއް ނެތް ބަޔަކު ހައްޔަރުކޮށް ގެން ރޯބުހުތާނު ދޮގު ބަޔާންތައް ނެރެގެން ބަލަނީ އެމެންނަށް ޕްރޮމޯޝަން ލިބޭތޯއޭ ޑްރަގް ނެޓްވާރކްގެ ކަމެއް ފުލުހުންނަށް ރިޕޯރޓް ކުރާ ތަނުން ނެޓްވާރކަަށް އިނގޭ މިކަން ފުލުހުން ރެއިޑް ނުޖައްސަނީސްދޯ ތިކަން ފެށުނީ ފުލުހުންގެ ތެރޭންނޭ ދެން ކޮން ވާހަކަ އެއް ދައްކަންތޭ
Ny weekly very informative articles or reviews at this time.