ބޭރު ދުނިޔެ

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކޮށްފި

ދެން އެމްވީ

މިރޭ 12 އިން ފެށިގެން އިންޑިއާ 21 ދުވަސް ވަންދެން ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވިދާޅުވެއްޖެެއެވެ.

މޯދީ ވިދާޅުވީ ހުރިހާ ސްޓޭޓަކާއި، ސިޓީތައް އަދި އެންމެ ކުޑަ އަވަށްވެސް މިރޭ 12:00 ފެށިގެން ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށާއި، މިއީ މުޅި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

އާބަދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 މިހާތަނަށް އިންޑިޔާ އިން 519 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 10 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިޔާ އިން ވަނީ ބައިނަލް އަގްވާމީ ދަތުރުތަކާއި، އެތެރޭގެ އުދުހުންތައްވެސް ހުއްޓާލާފައެވެ. އަދި އިންޑިޔާގެވިޔަފާރިތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ރޭލް ދަތުރުތައްވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!