ޚަބަރު އިޖުތިމާޢީ

އޮފީހަކުން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރިއޮލޯ އޮފީހުން ވައްކަން ކުރި ދެމީހުން: ފޮޓު: ފުލުހުން

މާލޭ. މ.ކަނީރު ވިލާގައި ހުންނަ އޮފީހަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by STELCO

މީޑިއާތަކަށް އިއްޔެ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގައި އެގޭގައި ހުންނަ ރިއޮލޯ އޮފީހުން ވައްކަން ކޮށްގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 2 ލެޕްޓޮޕް އާއި ފޯނުތަކެއްގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭ ކަމަށެވެ.

ސީސީޓީވީ ފޫޓޭޖް ބަލައި އެތަކެތި ހޯދާފައިވާއިރު އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިވެހި 2 ފިރިހެނުންނެވެ.

އެއީ މއ. ކުރިކީލަހިޔާ، މުހައްމަދު ކްރިކް ރިޒާ (43އ)، އާއި ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަހްމަދު ނަސްރު (45އ) އެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!