ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް/ ފޮޓޯ: ދެން

ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

Ads by MWSC

ކަސްޓަމްސްއިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެތަކެތި އަތުލައިގަނެގައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މި މަހުގެ 14 އަދި 19 ވަނަ ދުވަހު އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަދި މި މަހުގެ 14 ވަނަ ދުވަހު އަތުލައިގެންފައިވަނީ ކެތިނޯން ކަމަށްވާއިރު 19 ވަނަ ދުވަހު އަތުލައިގެންފައިވަނީ ކެނެބިސް އަދި ހެރޮއިން އެވެ.

‏ބާވަތާއި ބަރުދަން:

  • ކެތިނޯން - (0.680) ކިލޯ
  • ކެނެބިސް - (10.20) ކިލޯ
  • ހެރޮއިން - (0.740) ކިލޯ

އެތަކެތީގެ މަގުމަތީގެ އަގު 9.86 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މީގެ ކުރިންވެސް ރާއްޖެ އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އޭގައި ޝާމިލުވާ މީހުން ހައްޔަރުކޮށް ދައުވާކޮށްފައިވެސް އެބަ ހުއްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!