ޚަބަރު

ޔޫއޭއީ އިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ

އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ) އިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ "ހާލީޖް ޓައިމްސް" އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ދިވެއްސަކު ފައްސިވެފައިވާ ކަމަށެވެ.

މިއަދު އެގައުމުން ޓެސްޓުކުރި މީހުންގެ ތެރެއިން 50 މީހުންވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށާއި އެގޮތުން އެލިސްޓުގައި ރާއްޖޭގެ މީހަކު ހިމެނޭކަމަށް ވަނީ އެ ނޫހުގައި ވަނީ ބުނެފައެވެ.

"އަލަށް މި ފެނުނު ކޭސްތަކަކީ މީގެ ކުރިން އެ ބަލި ޖެހުނު މީހުނާ ސްކޯލް ކޮންޓެކްޓުވި މީހުންނާއި އެހެން ގައުމުތަކުން އެތެރެވި މީހުންނެވެ." ހަލީޖް ޓައިމްސްގައި ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވަނީ އަލަށް ކޮވިޑް-19 ޖެހުނު އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެ މީހުން ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާ ކަމަށެވެ.

ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި އެއްވެސް ދިވެއްސަކަށް ބަލި ޖެހިފައިނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!