ޚަބަރު

ތަހުގީގު އަވަސްކުރަން އޭސީސީން ފެނަކަ މެނޭޖުމަންޓާ ބައްދަލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖުމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތަހުގީގު އަވަސްކުރުމަށް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ބައްދަލުކޮށްފި އެވެ.

Ads by MWSC

އޭސީސީގެ މެންބަރުންނާއި ފެނަކަ މިހާރުގެ މެނޭޖުމަންޓުން ބައްދަލުކުރި މަންޒަރުގެ ފޮޓޯއާއެކު އޭސީސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ އެ ބައްދަލުވުމުގެ މަގުސަދަކީ ތަހުގީގުތައް އަވަސް ކުރުމުގެ ގޮތުން ބޭނުންވާ ލިޔުންތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުން ކަމަށެވެ.

"މީގެ އިތުރުން ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށާއި ފެނަކައިގައި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައި،" އޭސީސީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދިއުމަށް މި ސަރުކާރުން ނިންމާފައިވެ އެވެ. އެ ބަދަލު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެސް އޭސީސީގެ މެންބަރުން ވަނީ ފެނަކައިން ބައެއް ލިޔެކިޔުންތަކާއި މައުލޫމާތު ލިބުމުގައި ދަތިކަމެއް އެބަ އުޅޭ ކަމަށެވެ. އެ ދުވަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު ރަޝީދު ވިދާޅުވީ ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!