ދުނިޔެ

އިނާ މޯލްޑިވްސްގެ އޮފީސް ފަޅާލައިފި, ވަގަށް ގެންދަން ލިބުނީ ޕެޓީ ކޭޝްކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނާ މޯލްޑިވްސްގެ ދެ އޮފީސް ރޭ ފަޅާލައި އޮފީސް އިމާރާތަށާއި އެތަނުގައި ހުރި މުދަލަށް ގެއްލުންދީފިއެވެ.

Ads by WAMCO

އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު "ދެން"އަށް މިއަދު ވިދާޅުވީ, ރޭ ވަގުތެއްގައި އޮފީސް ފަޅާލާފައިވާ ކަމަށާއި, ވަގަށް ގެންގޮސްފައިވަނީ ޕެޓީ ކޭޝްގެ ގޮތުގައި އޮފީހުގައި ހުރި ފައިސާ ކޮޅެއް ކަމަށެވެ.

"ދޮރުގެ ތަޅު އަދި ބައެއް މުދަލަށް ބޮޑެތި ގެއްލުން ދިން, ގެންދާކަށް މާ ބޮޑު އެއްޗެއް ނުލިބުނު ވަގުން ނަކަށް" ފިރާގު ވިދާޅުވިއެވެ.

ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ޒުވާނުން ރަނގަޅު މަސައްކަތް ކުރަން ޖެހޭ ކަމަށާއި, ވައްކަން ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު މަގު ނޫން ކަމަށެވެ.

ރޭގެ ވަގުތެއްގައި އަމީރު އަހްމަދު މަގުގައި ހުރި ތިން އިމާރާތަކަށް ގެއްލުންދީ ވައްކަންކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!