ޚަބަރު

އިޤްތިޞާދީ ހާލަތާއެކު އިންޑިއާއާ ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށް ދިވެހިން ޤަބޫލު ކުރޭ: ޖައި ޝަންކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޤްތިޞާދީ ގޮތުން ގައުމަށް ޖޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއެކު އިތުރަށް ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް ދިވެހިން ޤަބޫލުކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖައިޝަންކަރު މިހެން ވިދާޅުވީ, އިންޑިއާގެ ޑިޕްލޮމެޓިކް ސިޔާސަތާ ގުޅޭ ގޮތުން އިންޑިއާގެ މަޝްހޫރު ލިޔުންތެރިއެއް ލިޔުއްވި ފޮތެއް އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ޖަލްސާއެއް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޖައިޝަންކަރު ވަނީ ވަރަށް ކުރުކޮށް ރާއްޖެއާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ވިދާޅުވީ, ރާއްޖެއާއެކު އިންޑިއާއިން އޮތް ގުޅުމަކީ އަބަދު ބަދަހިކޮށް އޮތް ގުޅުމެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއެކު 2012 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވިކަން ފާހަގަ ކުރެއްވިއެވެ. އޭގެ ފަހުން ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވިކަން ފާހަގަ ކުރައްވާ ވިދާޅުވީ, މިހާރު ރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ރަނގަޅަށް ކަމަށެވެ.

ޖައިޝަންކަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަކޮށް އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ދިވެހީން އަނެއްކާ ވެސް ގަބޫލު ކުރަން ފަށާފައިވާ ކަމަށެވެ. އެމަނިކުފާނު ރާއްޖެއަށް މިދިޔަ މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެކަން އިނގިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރެކްސް ރިޒާވް އިތުރު ކުރުމަށް އިންޑިއާގެ ރިޒާވް ބޭންކާއެކު ކަރަންސީ ސްވަޕެއް ކުރަން މިސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިއްޔެ އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުން އެސްބީއައި އިން ނަގާފައިވާ ޓީ-ބިލެއް އިންޑިއާއިން ވަނީ އިންޓްރެސްޓް ނަރާ ގޮތަށް ފަސްކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!