ފިނޮޅަކަށް ދަތުރުގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނީ

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރު ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ކ.މާލެ، އަހުމަދު ތަސްލީމް މުހައްމަދު (42އ) އެވެ.
ތަސްލީމުގެ އާއިލާ މީހަކު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ގެއްލިފައިވަނީ އިއްޔެ ހެނދުނު 10 ޖެހިހާއިރު ކަމަށެވެ.
ތަސްލީމުގެ އާއިލާ މީހެއްގެ ބަހެއް ނުލިބޭތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
އެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައްޓެހިންނާ އެކު ދަތުރު ދިޔަ ތަސްލީމުގެ ހަބަރެއް ނުވެގެން އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ ތަސްލީމު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގެއްލުނީ މޫދަށްކަން އަދި ޔަގީނެއް ނޫން" އޮފިޝަލް ވިދާޅުވި އެވެ.
ފިނޮޅެއްގަ އޭނަގެއްލެން މޫދު ނޫންތަނެއް ؟؟؟؟؟؟؟؟؟