ޚަބަރު ވިޔަފާރި

ގައުމީ ދުވަހާ ގުޅުވައި ނިޕޯން ޕެއިންޓްގެ ހާއްސަ ޕްރޮމޯޝަނެއް ހުޅުމާލެ ޝޯރޫމްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނިޕޯން ޕެއިންޓުގެ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 5 ގެ ނިޔަލަށް/ ފޮޓޯ: އެސްޓީއޯ

ދިވެހިރާއްޖޭގެ ގައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

Ads by STELCO

އެސްޓީއޯއިން މިއަދު ބުނީ އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 5 ގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމުން ލިބޭނެ ހާއްސަ ފުރުސަތެކެވެ.

އެ ޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.

އޭގެ އިތުރުން، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގަ އެވެ.

އެ ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަނެވެން ހުންނާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!