ކުޅިވަރު

ކޯވިޑް19: އެއް މިލިއަން ޔޫރޯ ރޮނާލްޑޯ ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަަށް އެހީވުމުގެ ގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އޭނާގެ އެޖެންޓް ޖޯޖް މެންޑެސް ޕޯޗްގަލްގެ ދެ ހޮސްޕިޓަލަކަށް އެއްމިލިއަން ޔޫރޯ ހަދިޔާކޮށްފިއެވެ.

Ads by MWSC

ރޮނާލްޑޯ އަދި ޖޯޖް އެހީ ފޯރުކޮށްދީފައިވަނީ ޕޯޗްގަލްގެ ސަންޓާ މަރިއާ ހޮސްޕިޓަލާއި ސަންޓޯ އެންޓޯނިއޯ ހޮސްޕިޓަލަށެވެ. ރޮނާލްޑޯ ދިން އެހީގެ ދަށުން ސަންޓާ މަރީއާ ހޮސްޕިޓަލުގައި 10 އެނދުގެ ދެ ވާޑާއި ވެންޓިލޭޓަރުތައް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސަންޓޯ އެންޓޯނިއޯ ހޮސްޕިޓަލުގައި 15 އެނދުގެ އެއް ވާޑް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ސަންޓާ މަރީއާ ހޮސްޕިޓަލުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއަރމަން ވަނީ ރޮނާލްޑޯ އެ ހޮސްޕިޓަލަށް އެހީވިކަން ކަށަވަރު ކޮށްދީފައެވެ. ސަންޓާ މާރިއޯ ހޮސްޕިޓަލުގެ ޕްރެސިޑެންޓް ޑެނިއަލް ފެރޯ ވަނީ ރޯނާލްޑޯ އަދި ޖޯޖް އަށް ޝުކުރު ދަންނަވާފައެވެ.

ޖޯޖް ވަނީ މިދިޔަ ހަފްތާ ޕޯޗްގަލްގެ ސާއޯ ޖާއޯ ހޮސްޕިޓަލަށް 1000 މާސްކް އަދި ކޮރޯނާ ޕޭޝަންޓުންނަށް ފަރުވާ ދޭއިރު ލާން ބޭނުންކުރާ ދެލައްކަ ހެދުން ވެސް ހަދިޔާކޮށްފައެވެ. ރޮނާލްޑޯ ވެސް ވަނީ މީގެ ކުރިން ކޯވިޑް 19 އިން ރައްކާތެރިވުމަށް މަސައްކަތް ކުރާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!