ޚަބަރު

އަތުހަރުގެ އާއިލާއިން ދެކެނީ އިހުމާލެއް އޮތް ކަމަށް، އޮޓޮޕްސީ ހަދަން ބޭނުމެއް ނުވޭ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އާދަމް އަތުހަރު/ ފޮޓޯ: ހަތާވީސް

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ށ. މިލަންދޫ, ހެޕީލޭންޑު އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު މަރުވެގެން ދިޔުމުގައި އިހުމާލެއް އެބަ އޮތް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

Ads by MWSC

އަތުހަރުގެ އާއިލީ މީހަކު "ދެން އޮންލައިން" އަށް ބުނީ އޭނާގެ ހާލަތު ގޯސްވެ މަރުވެ ދިޔުމުގައި އިހުމާލެއް އުޅޭ ކަމަށް އާއިލާއިން ދެކޭ ކަމަށެވެ. ނަމަވެސް ހަށިގަނޑު ވަޅު ނުލައި ގިނައިރުވުމަށް ނޭދޭތީ އޮޓޮޕްސީ އަދި ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ބޭރަށް ފޮނުވަން ބޭނުން ނުވާ ކަން ވެސް އިދާރާތަކަށް އާއިލާއިން އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އާއިލާއަަށް އަތުހަރުގެ ހާލަތުގެ މައުލޫމާތުތައް ނުލިބި ގޮސްފައިވާތީވެ އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ 10 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވީ މިއަދު ހަވީރު 4:08 ގަ އެވެ. މަރުވިއިރު އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔުމުން އަތުހަރު ވަނީ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ.

އެހެން ނަމަވެސް އެ އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަތުހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ފަހުން ހުކުރު ދުވަހު ވެސް އޭނާ ހޮޑު ލެވޭތީއާއި ފިޓު ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. ހަމަ އެ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ބަންދުކުރި އެވެ. އަދި ކޯޓުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް އޭނާގެ ޣައިރު ހާޒިރުގައި ހޯދި އެވެ.

އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިކަން ފުލުހުން ހާމަ ކުރީ ރޭ 19:42 ގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި އޮތްކަން ފުލުހުން ހާމަކުރީ ރޭގެ 21:57 ގަ އެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އަތުހަރު ރަހީނުކުރި ކަމަށް ތުހުމަތު ކުރަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކަށެވެ. އަދި އެ އަންހެން މީހާއަކީ ފުލުހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

Ads by Ooredoo
  1. ޖުންދުމް

    އިހުމާލު އެބޮތް. އާއިލާގެ އިހުމާލުވެސް އެބޮތް. އެހާ ދުވަހު ހިލޭ އަންހެނަކާއި އެކު އެއްތާކު ކައިބޮއި ނިދާ ހެދިއިރު އާއިލާގެ އިހުމާލުވެސް އެބޮތް ދޯ.

  2. ގައުމު

    ދަރިއަކު ވިއާނުދާ އުޅުމެއް އުޅެ ގާނޫނާ ހިލާފު އަމަލުތައް ހިނގުން އާއިލާގެ އިހުމާލެއްނެތީތޯ ފުރަތަމަ އަމިއްލަ ފުލުގަ އެއްޗެއް ހުރިތޯ ސާފުކޮށް ބެލުމައްފަހު އެހެންމީހުން ފުލުގަ ހުންނަ އެއްޗިއްސާމެދު ބަސްބުނުން ކިހިނެއްވާނެ

  3. ޝަރުމީލު

    Me gaumugah nethemun dhanee dheenugeh hukunthah! ,vanee moden kofah yahoodheen beynuvaagotha,! shahaadhathuge dhekalemah kiuneemah Muslimah kahvee kamah aharemen dhivehi jeelah dhas kodhinee 7 udumathin ahharemennah aharemen aadhamuge dharinah keerithi Qurannaai adhi keerithi rasoolage sunahthun aharemen insaanun ulhenveegoiy bayaan koh dheefa veye..eyge badhaluga aharemen dhivehin vanee fothuge ehbayah eemaan vaan jehey bayaku kamuga dhivehi raajeyge ganoonu asaseega vanee.ehen vumuge sababun islam dheenuge feyraan vanee yahoodheenge modern kohfa eve.emeehun beynun vaa propegender madu madun dhivehi muslim ummah neyge gotah madu madun gos dheen ehkoh fudu fudu kohlaafa ey vanee.islaamee saree athuga vaa gotah nuhinganya dhivehi gaumuge dharin vaanee gehlumge therein feithuna fasaadha meehun merumaa vahkan kurumaa drug beynun kurumaa ziney kurumaa Naslu olhuvaalumuge hahdhu fahana alhaa gos ah baievanthah kangeliefah. mihaaru aharemen islam dheenuge maguga aharemen kuriyah dhaan beynun Nama amaan vehteh gaaimu kurahn beynun Nama aharemen Muslimnah iburateh kamuga dheenuge sharee aiy tah gaaimu kohfa vanee.aharumehn gaumugah dheenee ilumiverinay kiyaafa aharemen kohme meehaku aga hulhuvaalafa kohme meehaku ehceh bunaa irah eyge kohme meehakah bodu magaameh nooni rufiyaa gadeh dhinumun dheenuge hamatakah vaahaka dehkumuge badhalugah yahoodheen keerithi qurangaivaa hukunthah modern kofahivaa ganoon ahkiee islaamu dheenuge hukun thakakee ahiee kamah buneh ah gah bandhu kohlaigen dheenee ilmuverin thibenee.shaadhathuge Thau heedhu vanee nethi gossah Kahn alhugadu v hithamayaa eku dhahnah vameve. Meege kusheh Vanya alhugadah maafu kohdheythi mee alhugaduge hiyaalu..meege ehme ragalhu goiy alhugadu egen beynun.. varah ginameehuge comment beynun! Please

  4. ޢަތުހަރު އަމާ

    ބޯހަމަ ނުޖެހޭ މީހެއްގެ ބޮލުގަ ބާރަށް ޖެހީމަ ރަނގަޅުވެސް ވޭ ބައެއްފަހަރު

  5. ޖނޖޖޗ

    ބޭކާރު ވާހަކަ ނުދައްކާ. އޭނާ މަރުވުމުގައި އިހުމާލެއް އޮތް ކަމަށް އާއިލާއިން ގަބޫލު ކުރާނަމަ އެކަން ޕްރޫވް ކުރަން ވެސް އެމިހުން އޮޓޮޕްސީ ހަދަން އެއްބަސް ވާނެ. އޮޓޮޕްސީގެ ނަތީޖާ އަށް ބިރުން އެ އެއްބަސް ނުވަނީ. އޭނަ މަރުވީމަ ދެން ކޮން ވާހަކައެއް މިހާރު. އާއިލާއިން ތިހާ ހެޔޮ އެދޭނަމަ އޭނަ މަރުވީމަ އެއް ނޫން ދޯ ހެޔޮ އެދިގަންނާނީ ކީ. އާއިލާގެ އިހުމާލު ތިތަނުން ފެންނަނީ