ވިޔަފާރި

މާފުށި، ތިނަދޫ އަދި ކުޅުދުއްފުށިން ވެމްކޯގެ ޚިދުމަތަށް އަގުނަގާނީ އަންނަމަހުން ފެށިގެން: ވެމްކޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މަހުން ފެށިގެން މާފުއްޓާއި، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ވެމްކޯގެ ސައިޓްތަކުން ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ގޭޓް ފީއެއް ޗާޖްކުރާނެކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވެމްކޯއިން ވިދާޅުވީ، އެ ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މިދިޔަ މަހުން ފެށިގެން ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. ނަމަވެސް އެމަހު ފޯރުކޮށްދިން ޚިދުމަތަށް ބިލް ނުކުރުމަށް ނިންމާފައިވާކަމަށާއި މިމަހުގެ ޚިދުމަތުގެ ބިލް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެކަމަށް ވެމްކޯއިން ބުނެއެވެ.

އަންނަ މަހުން ފެށިގެން މާފުއްޓާއި، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ވެމްކޯގެ ސައިޓްތަކުން ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ގޭޓް ފީއެއް ޗާޖްކުރުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.

އެގޮތުން މި 3 ރަށުން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރކޮށްފައިވާ ގޭބިސީތަކުން މަހަކު 150 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި މާފުށިން މި ޚިދުމަތަށް ރަޖިސްޓަރކޮށްފައިވާ ވިޔަފާރިތަކުން ލީޓަރަކަށް 0.27 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީން ލީޓަރަކަށް 0.16 ރުފިޔާ ނެގުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާފުށިން ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޓަނަކަށް 500 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގެ ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޗާރޖކުރުމަށް ހަމަޖެހިފައިވަނީ ޓަނަކަށް 108 ރުފިޔާގެ މަގުންވެ. ވެމްކޯއިން ވިދާޅުވީ، މި 3 ރަށުންވެސް ސަރުކާރު މުއައްސަސާތަކުގެ ގޭޓްފީއެއްގެ ގޮތުގައި 2660 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!