ޚަބަރު

ގެއަކުން އިލެކްޓްރޯނިކް ސަމާނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ގެއަކުން ވައްކަންކުރި މައްސަލާގައި ހައްޔަރުކުރި މީހާ/ ފޮޓޯ: ޕޮލިސް

މާލޭ ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އާދިއްތަ ދުވަހުގެރޭ ހެންވޭރު ގެއަކުން ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ހުސައިން (48އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ އެގެއިން ވައްކަން ކުރި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!