ގައްސާނު، ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ގައްސާނު، ޑޮންގްއާ ބައްދަލުކުރެއްވީ 11 ވަނަ ބެއިޖިން ޝަންޝަންގެ ފޯރަމްގެ ހަވާސާގައި ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑިފެންސުގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފަޒީލް ނަޖީބު ބައިވެރިވަޑައިގެންނެވި އެވެ.
ރާއްޖެ-ޗައިނާގެ ޑިފެންސުގެ ވެރިން ބައްދަލުކުރައްވާފައިވާއިރު ދިފާއީ ބާރަށް ބޭނުންވާ ނަން-ލީތަލް އާލަތްތަކާއި ސިފައިންނަށް ތަމްރީނުތައް ހޯދުމަށް ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ގައްސާް ނޫންއިނގޭތޯ ‘ ޣައްސާން’