ދޯންޏަކުން އަންލޯޑް ކުރި ބިއްލޫރިގަނޑެއް ގައިމައްޗަށް ވެއްޓި ހަތަރު މީހަކަށް އަނިޔާވެއްޖެ

ދޯންޏަކުން އަންލޯޑް ކުރި ބިއްލޫރިގަނޑެއް ގައިމައްޗަށް ވެއްޓި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިކަމެއް ހިނގީ މިއަދު 9:30 ކަންހާއިރު ފުވައްމުލަކުގައި ކަމަށެވެ. އަނިޔާވެފައިވަނީ ދެ ބިދޭސީންށާއި ދެ ދިވެހިންނަށެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފުލުހުންދަނީ މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން ތަހުގީގު ހިންގަމުންނެވެ.