ވިޔަފާރި

 ޓްރިޕް ޑޮޓް ކޮމް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓްތައް ބުކްކުރެވޭ ގޮތް ހަދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓްރިޕް.ކޮމްގެ އެޕް--
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކުރާ މީހުންނަށް މޯލްޑިވިއަންއިން  ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓްރިޕް ޑޮޓް ކޮމް ފަދަ ދަތުރުފަތުރު ކުރުމުގެ އެންމެ ވަރުގަދަ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރުމުން  ދަތުރުފަތުރުގެ ދުނިޔޭގައި މޯލްޑިވިއަންއަށް ފައިތިލަ ސާބިތުކުރުމުގެ އިތުރަށް، ފަސެންޖަރުންނަށް ފަސޭހަކަމާއެކު ރާއްޖެ "އެކްސްޕްލޯ" ކުުރަުން އިތުރު ފުރުސަތު ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން މިހާރު ދަނީ ޔޫރަޕްއަށް ވެސް ފްލައިޓްތައް ބާއްވަން މަސައްކަތް ކުރަމުންނެވެ. އަދި ވައިޑް ބޮޑީ އެއާ ކްރާފްޓްތައް ވެސް އެ އެއާލައިންގެ ފްލީޓަށް އިތުރުކުރަން މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara
Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!