ޚަބަރު

ރާއްޖޭގެ ޖަމިއްޔާތަަކަށް މިނިސްޓަރުގެ އިލްތިމާސް: ރަށްރަށަށް ވެސް އެހީތެރިކަން ފޯރުކޮށްދީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް---

ރާއްޖޭގައި އެހީތެރިކަން ބޭނުންވެފައި ހުރި ރަށްރަށަށް ވެސް ރާއްޖޭގެ ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

Ads by STELCO

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފެށި ދީނީ އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ރާއްޖޭގައި ވެސް ޔަތީމުންނާއި އެކި އެކި އެހީތައް ބޭނުންވާ ފަރާތްތައް އެބަހުރި ކަމަށެވެ.

އެގޮތުން ކިތަންމެ ގުރުއާން ކްލާހެއްވެސް އޮތީ އެހީތެރިކަަމަށް ޖެހިފައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަންކަމާމެދު އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންހެ ޖަމިއްޔާތަކަށް އަޅުގަނޑު އިލްތިމާސްކުރަން ބޭނުންވަނީ ރާއްޖޭގެ ރަށްރަށަށްވެސް ހޭދަކުރާށޭ ތިބޭފުޅުން. ބޭރަށް  އެކަންޏެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެފަދައިން އިލްތިމާސް ކުރެއްވި އިރު ފަހަކަށް އައިސް ރާއްޖޭގެ އެހީ ދޭ ޖަމިއްޔާއަކުން ދަނީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

އެގޮތުން މުސްލިމް ގައުމުތަކުގައި ފެންވަޅު ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތަކަށް އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދެމުންދާ އިރު ގިނަ ދިވެހީން އެފަދަ ޕްރޮޖެކްޓްތަކަށް ފައިސާވެސް ދަނީ ޑޮނޭޓް ކުރަމުން ނެވެ،

Ads by Ooredoo
  1. ޢަލީ

    ޝަހީމު ހަދައިގެން އުޅޭ ޖަމިއްޔާއަށް ޒަކާތު ފައިސާ ވަންނާނެ ގޮތްހެދީ