ޚަބަރު

10 މަސް ދުވަހަށް ވާވަރަށް ކާޑު އެބަހުރި، ހާސްނުވޭ - ރައީސް

10 މަސް ދުވަހަށް ބޭނުން ވާ ވަރަށް ކާޑު އެބަހުރި ކަމަށާއި ރައްޔިތުން ހަމަޖެހިލައިގެން އުޅެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އޭޕްރީލް 15 ގެ ކުރިން 10 މަސް ދުވަހަށް ވާ ވަރަށް ހަޑުލާ ހަކުރުގެ ސްޓޮކާއި އަދި ފަސް މަސް ދުވަހަށް ވާވަރަށް، ފުށް ސްޓޮކެއް ރާއްޖެ ގެންނަ ކަން ވެސް ރައީސް ވަނީ ހާމަކޮށްފައެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!