ޚަބަރު އިޖުތިމާޢީ

22 ސެލޫނާއި ސްޕާ ފާސްކޮށް، ހަތް ތަނަކަށް ނޯޓިސް ދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސެލޫނާއި ސްޕާތަކަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި އޮފިސަރުން ހަރަކާތްތެރިވަނީ / ފޮޓޯ:އިމިގްރޭޝަން

މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ސެލޫނާއި ސްޕާތަކަށް ހާއްސަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 22 ސެލޫނާއި ސްޕާ ފާސްކޮށް، ހަތް ތަނަކަށް ނޯޓިސް ދީފި އެވެ.

Ads by MWSC

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ‏މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަނުގެ ތެރެއިން ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ހަތް އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

"އަދި ވަޒީފާދިން ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ވަނީ ނޯޓިސްދީފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި އިންސްޕެކްޝަނުގައި އެ އިދާރާގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ވަނީ ބައިވެރިވެފައި ކަމުގަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހާއްސަ އޮޕަރޭޝަނެއް މިދިޔަ ހަފުތާގައި ވަނީ ފަށާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 289 ތަނެއް ބަލައި ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!