ޚަބަރު

ނަމާދަށްވުރެ ރައީސްގެ ޕްރެސް އިސްކުރުމަކީ ހިތާމަހުރި ކަމެއް: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ޕްރެސް ކޮންފަރެންސް މަޢްރިބު ނަމާދަށް ގޮވިއިރުވެސް ނިންމާނުލުމުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ހަވީރު 5:15 ކަން ހާއިރު ފެށި ޕްރެސް ކޮންފަރެންސްގައި ރައީސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދަނިކޮށް މަޣްރިބު ނަމާދު ވަގުތަށް ވަނީ ބަންގި ގޮވާފައެވެ. އަދި ބަންގި އަށް މެދު ކަނޑާލުމަށް ފަހު އަނެއްކާ ވެސް ޕްރެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އިރުއޮއްސި ހަތެއް ޖެހުމުގެ ކުރިން ޕްރެސް ވަނީ ނިންމާލާފައެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއޮށް ފަދަ ބޮޑު ބަލިމަޑުކަމުގެ ތެރޭގައިވެސް މަޣްރިބް ނަމާދުކޮށް ދުޢާކުރުމަށް ވުރެ ރައީސް ޕްރެސް ކޮންފަރެންސް އިސްކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއީ ދީނާ ހިލާފު އާ ކަމެއް ތަޢާރަފްކުރުމުގެ ފެށުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަމީލުގެ މި ވާހަކަތަކަށް ސޯސަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ރައްދު ދީފައެވެ. އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ރައީސްގެ ޕްރެސް ނިންމަވާލެއްވީ 18:53ގައި ކަމަށެވެ. އަދި އިޝާ ނަމާދަށް ބަންގި ގޮވާނީ 19:29ގައި ކަމަށް ވުމުން މަޣްރިބު ނަމާދު ކުރާނެ ވަގުތު ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!