ޚަބަރު

 ދެ ގެއެއް ބަލާ ފާސްކޮށް، ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މާލޭ، ދެ ގެއެއް ބަލާ ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.

Ads by MWSC

އެ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ހޯމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެންބަރު 17, 2023 އިން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 4054 ބިދޭސީއަކު ވަނީ ފުރުވާލާފަ އެވެ.

އިމިގްރޭޝަނުން މި ފަހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ.

"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމަށެވެ. އަދި ވަކި ގައުމެއް ނުބަލާ ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ޝަމްއާން ވަނީ ދެއްވާފަ އެވެ.

ޝަމްއާން ވިދާޅުވީ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފެށުމުން މިއޮށް ހުރިހާ ދުވަހު ވޯކްޕާމިޓް ފީ ފަދަ ފީތައް ނުދައްކާ ހުރި މީހުން ފީތައް ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ހުރި ފައިސާ މިހާރު ވަރަށް ގިނަ ފަރާތްތަކުން ދައްކަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ ކުރީގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށެވެ.

Ads by Ooredoo
  1. އަމާން

    ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
    * ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
    * ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.