ޚަބަރު

ސްރީލަންކާގެ އާ ބޮޑު ވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސްރީލަންކާގެ އާ ބޮޑު ވަޒީރު

ސްރީލަންކާގެ އާ ބޮޑު ވަޒީރު ހަރީނީ އަމަރަސޫރިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ލީޑާޝިޕްގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް ޓަކައި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރަން،" ރައީސް ލިޔުއްވާފައިވެ އެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބު، ވާތު ފިޔައިގެ ލީޑަރު އަނޫރާ ކާމިޔާބުކޮށް އިއްޔެ މަގާމާ ހަވާލުވުމަށް ފަހު މިއަދު ވަނީ ވަގުތީ ސަރުކާރެއް ވަނީ އެކުލަވާލައިފަ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އަދި ތިބީ އެ ޕާޓީގެ ތިން މެންބަރުންނެވެ. ގާނޫނު ހަދާ މަޖިލީސް އުވާލައި އިންތިހާބަކަށް ހުޅުވާލާނެ ކަމަށް ބެލެވެ އެވެ.

 

Ads by Allied Insurance