ޚަބަރު

ރައީސް އދ ގައި ދެއްވީ ކޮންމެ ދިވެއްސަކު ފަހުރުވެރިވާނެ ފަދަ ތަގުރީރެއް: ކޮންގްރެސް

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ރޭ ކުރިއަށް ދިޔަ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރިހަމަ ތަގުރީރާމެދު ފަހުރުވެރިވާ ކަމަށާއި، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލެއްވުމަކީ ކޮންމެ ދިވެއްސަކު އެމަނިކުފާނާ މެދު ފަހުރުވެރިވާނެ ފަދަ އަމަލެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ބުނެފި އެވެ.

Ads by MWSC

ރޭ ރައީސް ދެއްވި ތަގުރީރަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާއިރު ކޮންގްރެސް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ތަގުރީރުގައި ރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންތަކާއި ގެންގުޅުއްވާ ވަށާޖެހޭ ތަސައްވަރާއި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުވާލެއްވި ކަމަށެވެ.

އެ ޕާޓީން ބުނީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަން ކުރައްވާނެކަން އިއުލާންކުރުމަކީ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް ދެއްވި އުފާވެރި ހަބަރެއް ކަމަށެވެ.

ކޮންގްރެސް އިން ބުނީ 2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނެވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމުގައި ދުނިޔެ ނާކާމިޔާބުވަމުންދާކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ. އަދި ހުސް ވައުދުވުމުގެ މަތީގައި ދެމިތިބެވެން ނެތްކަން ހާމަކުރައްވައި, އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް ރައީސް އިލްތިމާސް ކުރެއްވިކަން އެ ޕާޓީން ފާހަގަކުރެއްވި އެވެ.

އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުުޖުތަމައަށް ހަރު އަޑުން ގޮވާލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާ މެދު ފަހުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލުފުޅެކެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނީ ރައީސްގެ ތަގުރީރަކީ ރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި ހައްގު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަގުރީރެއް ކަމަށެވެ.

Ads by HDC
  1. ކުރާށޭ

    ދައުލަތް ދަރާ ވިކިފައި އޮތީ ޑޮލަރު ލިބުން ތާށިވުމުން ޑިޑޮލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ޗައިނާ އިން އަހަރަކު 30 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރެވޭނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައި އެކަން ވެސް ޕްރޮޕެގެންޑާ އަށް ދުއްވާލާ ރައީސް މީހާ އާއި ވަޒީރުންގެ ފައްޗެއް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ގޮސް އެންމެ އަގުބޮޑު ނިއުޔޯރކް ގައި ތިޔާ ކުރާ ޚަރަދާއި އަޅާބަލާއިރު ތިއިން އަނބުރާ ލިބޭ އެއްޗެއް ނޯވެއޭ ތިކަމުގެ ބޭނުމެއް ނެތޭ ތިޔާއީ ސީދާ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ ވަގަށް ނެގުމޭ އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ޚާއްސަކޮށް ޕީއެންއެފް އިން އެބަޖެހޭ އުސޫލެއް ހަދާ އާންމުކޮށް އަދި އެ އުސޫލު މާލެ ސަރަހައްދުގެ ރައްޔިތުންގެ ވޯޓަކަށް ދާން އެއީ ރައީސް މީހާ އާއި ވަޒީރުންނާއި ސަރުކާރުގެ ބޮޑުން ތަކަށް ރާއްޖޭން ބޭރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭނީ ސީދާ އެކުރާ ޚަރަދު ބަލާ އެޚަރަދު ކުރާ ބޭނުމާއި އެކު ރައްޔިތުންނަށް އަންގާ މާލެ ސަރަހައްދުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ވޯޓްލާ މީހުންގެ %50 ވޯޓް ލިބިގެންނޭ މިކަން ކުރަން ޖެހޭނީ އެއް އަހަރުކުރިން އެނޫންނަމަ ދައުލަތުގެ ބަޖެޓުްނ ފައިސާ ޚަރަދުކޮށްގެން ރާއްޖޭން ބޭރަށް ނުދެވޭނެއޭ ރައީސަަށް ވެސް އަދި ވަޒީރުންނަށް ވެސް މިކަން ކުރާށޭ މުއިއްޒު ދައުލަތް ބަނގުރޫޓްކޮށްލާ ސަރުކާރުގެ ފައިސާ ގައި މަޖާކޮށް ނަގަނީއޭ މިކަން ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  2. ތަމެންދޯ

    އދ. ނޫން ގޮތެއް މިހާރު ބްރިކްސް ހޯދަމުންދާއިރު ސަލާމަތީ މަޖްލީހުގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯ އުވާލުމުގެ ވާހަކަ ދެއްކުން އެއީ މިހާރަށް މުހިއްމު ކަމެއް ނޫނޭ މިސަރުކާރަށް ގްލޯބަލް އެފެއާރޒް މަސައްކަތް ކުރާ ގޮތް އިނގޭ މިންވަރު ވަރަށް ކުޑައޭ މިއިން އެގިގެންދަނީ ޚާރިޖީ ދާއިރާގެ ތަޖްރިބާ ނެތް ޚާރިޖީ ވަޒީރަކު ހުރުމާއި އަދި ޚާރިޖީ ވުޒާރާގައި ވެސް މިހާރު ކޮލިޓީ މީހުން ނެތް ކަމޭ މުޅިން ވެސް ކޮޕީ ޕޭސްޓް ކުރާ މީހުންނޭ ތިބީ ރާއްޖޭގެ ޚާރިޖީ ދާއިރާ އެބަޖެހޭ އޯވަރހޯލް ކުރަން ޒަމީރަކީ އެއީ ޚާރިޖީ ދާއިރާގެ އަލިފުބާ ވެސް ދަންނަ މީހެއް ނޫނޭ އޭނާ އަށް ވާނުވާ ނޭގެއޭ..