ޚަބަރު

މާދަމާއިން ފެށިގެން ކަނޑުތައް މަޑުވާން ފަށާނެ: މެޓް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވޭ - ފޮޓޯ:ދެން އިމޭޖެސް

ރާއްޖެއަަށް އެކި ސަރަހައްދުތަކަށް ވިއްސާރާ ކުރަމުންދާއިރު، މާދަމާއިން ފެށިގެން ކަނޑުތައް މަޑުވާން ފަށާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

Ads by STELCO

ވޭތުވެ ދިޔަ ދުވަސްތަކުގައި ވައި ބާރުވެ ކަނޑު ގަދަވެފައިވާއިރު، ބޯކޮށް ވާރޭވެސް ވެހެ އެވެ. ބޮޑު ސަރަހައްދަށް އެލާޓްތައްވެސް ވަނީ ނެރެފަ އެވެ.

މެޓުން މިއަދު "ދެން" އަށް ބުނީ މާދަމާއިން ފެށިގެން މިހާރު ޖެހުމުންދާ ވައިމަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް 5 ދުވަހު ކޮޅިގަނޑުގައި ވިއްސާރަ ކުރާނެ ކަމަށެވެ.

ހއ އަތޮޅުން ފެށިގެން ގއ އަތޮޅަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން މެޓުން ބުނީ ވައިގަދަވާ ވަގުތުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު ހެނދުނު 07:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ނެރުނު ވައިޓް އެލާޓް އިރު އޮއްސި 18:00 އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، އެ ވަގުތު ތަކުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މި ހަފްތާގައި މާލޭ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި ކަނޑުތައް ގަދަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!