ރާއްޖޭގައި ފަށަން އުޅޭ އިންޑިއާގެ ޔުޕީއައި ކެރީބައިންގެ ގައުމެއްގައި ވެސް ފަށަނީ
ރާއްޖޭގައި ފަށަން އުޅޭ އިންޑިއާގެ ޕޭމަންޓް ސިސްޓަމް ޔުޕީއައި ކެރީބައިންގެ ގައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި ވެސް ފަށަން ނިންމައިފި އެވެ.
އިންޑިއާގެ ޔޫޕީއައި ރާއްޖޭގައި ފަށަން ސަރުކާރުން އިންޑިއާއާއެކު ސޮއިކުރީ މިިދިޔަ މަހު އެވެ.
އެ ޕޭމަންޓް ސިސްޓަމްގައި ބައިވެރިވުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ވެސް ހެޔޮ އަސަރުކުރާނެ ކަމަށް ދެ ގައުމުން ވެސް ބުނެއެވެ.
އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ،
ޔޫޕީއައި އެހެން ގައުމުތަކަށް ވެސް ފުޅާކުރަމުންދާ އިރު ސްރީލަންކާގައި ވެސް ވަނީ ދޭން ފަށައިފަ އެވެ.
އޭގެ ފަހުން ޔޫޕައިގެ ހިދުމަތް މިހާރު ވަނީ އުތުރު އެމެރިކާގެ ކެރީބިއަން ގައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭޓޯގައި ވެސް ފަށަން ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
ޔޫޕީއައިއަކީ މިހާރު އިންޑިއާގައި ވެސް އެންމެ ގިނައިން ބޭނުންކުރާ ޕޭމަންޓް ސިސްޓަމްއަށް ވަނީ ވެފަ އެވެ. އެގޮތުން މަހަކު 15 ބިލިއަން ޓްރާންސެކްޝަން އެ ސިސްޓަމް މެދުވެރިކޮށް ހިނގާ ކަމަށް ވެއެވެ.