ޚަބަރު

61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 ދިވެހިން ހައްޔަރުކޮށްފި

ދެން އެމްވީ

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރާއްޖޭގެ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުވަ ދުވަސް ވަންދެން ޑްރަގް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކާމިޔާބުކޮށް 61.06 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

މިމައްސަލައިގައި 11 ދިވެހިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އޭގެ ތެރެއިން ހަތް މީހުން ހައްޔަރު ކުރީ މަސް ދޯންޏަކުންނެވެ. އަނެއް ހަތަރު މީހުން ހައްޔަރު ކުރީ ހުޅުމާލެއިންނެވެ.

އިތުރު ތަފްސީލު އަންނަނީ...

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!