ޚަބަރު

ބިދޭސީއަކު ކޮވިޑް-19އަށް ޝައްކުވެގެން އަނެއްކާ ވެސް ހަކުރާ ހުރާ ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކު ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ފެނިގެން، އެ ރިސޯޓު އަނެއްކާ ވެސް ލޮކްޑައުން ކޮށްފިއެެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19އަށް އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ބިދޭސީއެއް އެކަހެރިކޮށް، އޭނާ ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ރިސޯޓަށް އަރައި ފޭބުން ވަނީ މަނާ ކުރެވިފައެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ އެރަށުން ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިގެން، ބައްޔަށް ޓެސްޓްކޮށްފަ އެވެ. ނަމަވެސް އެފަހަރު އެމީހާ ވަނީ ބައްޔަށް ނައްސިވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް 13 މީހަކު ފައްސިވެފައިވާއިރު މިހާރު އަށް މީހަކު ވަނީ ބަލިން ސަލާމަތްވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!